އަހަރުގެ ފުރަތަމަ މޭޖަރ މެރަތަން- 'ޓޯކިޔޯ މެރަތަން 2024' މިއަދު ޖަޕާންގެ ޓޯކިޔޯގައި ނިމިއްޖެއެވެ. ޓޯކިޔޯގެ މުސުން މިއަދު ހުރީ 5 ސެލްސިއަސްގައެވެ. މިއީ މެރަތަނެއް ދުވަން ވަރަށް ރަންގަޅު ޓެމްޕަރޭޗަރ އެކެވެ.

 

ގިނަފަރާތްތަކުން ހީކުރިގޮތާއި ހިލާފައް، މިއަހަރުގެ ޓޯކިޔޯ މެރަތަން ކާމިޔީބު ކުރީ ކެންޔާގެ 32 އަހަރުގެ  ބެންސަން ކިޕްރޫޓޯއެވެ. ކިޕްރޫޓޯ މެރަތަން ކާމިޔާބު ކުރީ 2 ގަޑިއިރާއި 2 މިނެޓުންނެވެ. އަދި ދެވެނަ ތިންވަނަ ވެސް ގެންދިޔައީ ކެންޔާގެ ދުވުންތެރިންނެވެ.

 

މެރަތަންގެ 15 ކިލޯ މީޓަރު، ދުވެވުނުއިރު އެންމެ ކުރީގައި ދުވަމުން ގެންދިޔައީ ކިޕްރުޓޯއާ ކިޕްޖޯގީގެ އިތުރުން ކެންޔާގެ 2 ދުވުންތެރިންނެވެ. ކިޕްޖޯގީ ފަހަތަށް ވެއްޓެން ފެށީ މެރަތަންގެ 35 ކިލޯ މީޓަރާއި ހަމައިންނެވެ.

 

ޓޯކިޔޯ މެރަތަންގައި ކިޕްޖޯގީއަށް މެރަތަން ނިންމުނީ 6 ވަނައަށެވެ. އެއީ 2 ގަޑިއިރާއި 6 މިނެޓުންނެވެ. 

ޓޮކިޔޯ މެރަތަންގެ އަންހެން ބައިވެސް ދިޔައީ ވަރަށް ވާދަވެރިކޮށެެވެ. 

އަންހެބައިގެ މެރަތަން ކާމިޔާބު ކުރީ އިތިއޯޕިއާގެ 29 އަހަރުގެ ދުވުންތެރިޔާ ސުޓުމެ އާސެފާ ކެބެޑެއެވެ.  އޭނާ މެރަަތަން ނިންމާފައިވަނީ 2 ގަޑިއިރާއި 15 މިނެޓުންނެވެ. 

މިއަހަރުގެ ޓޯކިޔޯ މެރަތަން ފާހަގަ ކުރެވޭ، އެންމެ ބޮޑު ސަބަބަކީ ކޯސް ރިކޯޑު އަންހެން އަދި ފިރިހެންބައިވެސް އާކޮށްފައިވާތީއެވެ.