އައިރަނާސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްވެސް ބަރަކާތްތެރި ރަމަޟާން މަހު ބާއްވާ ރޯދަރަން ޖެލެންޖުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. 

 

މިއީ އައިރަނާސް އިން މެދުނުކެނޑި ރޯދަރަން ބާއްވާ އަށްވަނަ އަހަރެވެ. 

 

ރޯދަރަން ޗެލެންޖަކީ ރަމަޟާން މަހު ވަކި ޑިސްޓަންސެއް ހަމަކޮށްގެން މެޑަލް ހޯދޭ ޗެލެންޖެކެވެ. ޝައްވާލުމަހުގެ ހަރޯދަވެސް ހިމެނޭގޮތަށް މާޗް 11 އިން އޭޕްރިލް 8 އަށް ކުރިއަށްދާ މި ޗެލެންޖުގައި ދުވެފައި ނުވަތަ ހިނގާފައިވިޔަސް، 50 ކިލޯމީޓަރު، 100 ކިލޯމީޓަރު، 150 ކިލޯމީޓަރު އަދި 300 ކިލޯމީޓަރުގެ ޑިސްޓަންސްއެއް ފުރިހަމަކޮށްގެން މެޑަލް ހޯދެއެވެ.


ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޑަލް ކިޓް ނުވަތަ ފުލް ކިޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފުލް ކިޓް ހިޔާރުކޮށްފިނަމަ ޗެލެންޖް ފުރިހަމަ ކުރުމުން މެޑަލްއަކާއި ޓީ-ޝާޓެއް ލިބެއެވެ. މެޑަލް ކިޓް ހިޔާރުކޮށްފިނަމަ ޗެލެންޖް ފުރިހަމަކުރުމުން ލިބެނީ ހަމައެކަނި މިޑަލްއެވެ. މި ޗެލެންޖުގައި ދޭނެ ޓީޝާޓާއި މެޑަލްގެ ޑިޒައިން މިހާރު ވަނީ އައިރަނާސްގެ ސޯޝަލްމީޑިއާ ޕޭޖްތަކުގައި އާއްމުކޮށްފައެވެ. 

 

މީގެ އިތުރުން މެދު ނުކެނޑި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، އަދި 21.1 ކިލޯމީޓަރު އެއް އެކްޓިވިޓީއެއްގައި ފުރިހަމަކޮށްގެން މެޑަލް ހޯދޭ ސިންގަލް ރަން ޓިކެޓުގައި ވެސް ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.

 

ރޯދަރަން ޗެލެންޖްގައި އެކްޓިވިޓީ ޓްރެކްކޮށް ވެރިފައިކުރަނީ އައިރަނާސް އިވެންޓްސް ޕޭޖްއާއި ސްޓްރާވާ ގުޅާލައިގެންނެވެ. ގަޑީގައި އެކްޓިވިޓީ ރެކޯޑްކޮށް ސްޓްރާވާއަށް އަޕްލޯޑްކުރުމުން އެމީހެއްގެ ޕްރޮފައިލްގައި ޗެލެންޖު ފުރިހަމަކޮށްފައިވާވަރު ފެންނަންމުންދެއެވެ.

 

ރޯދަރަން ޗެލެންޖަކީ ތަރުހީބު ބޮޑު ޗެލެންޖެކެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް irunnersevents.com ގައި ރަޖިސްޓަރ ކުރަން މިހާރު ވަނީ ހުޅުވާލާފައެވެ. މިއަހަރު މި ޗެލެންޖުގައި ރަޖިސްޓަވުމުގެ ސުންގަޑިއަކީ މާޗް 30 ވަނަ ދުވަހެވެ. ސްލޮޓްތައް ފުރުމުންވެސް ރަޖިސްޓަރޭޝަން ބަންދުވާނެއެވެ.