ރާއްޖޭގެ ދުވުމުގެ ރިކޯޑު އެކަކަށް ނިސްބަތްކޮށް އެންމެ ގިނަ ރިކޯޑް އޮތް ދުވުންތެރިއަކީ 'އަހްމަދު ފަޒީލު ހާރޫން" އެވެ. ހަމަ ޔަގީނުންވެސް މިވަޤުތު އެންމެ ގިނަ ރިކޯޑު އޮތީ ފަޒީލު އަތުގައެވެ. ފަޒީލު އަތުގައި މިވަޤުތު  ގައުމީ 5 ރިކޯޑު އެބައޮތެވެ. އެއީ 10ކމ، 10،000މ، 5000މ، 3000މ އަދި 1500 މ އެވެ. 

އެކަކު އަތުގައި މިހާ ގިނަ ރިކޯޑު އޮތުމަކީ ޔަގީނުންވެސް ނަސީބަކުންވީ ކަމެއް ނޫނެވެ. ހަމަ ގާމުވެސް ވަރަށް ގިނަ ކަންކަން ރަނގަޅަށް ކުރީމައި ނޫނީ މިހާ ގިނަ ރިކޯޑުތަކެއް ކާމިޔާބު ނުކުރެވޭއެވެ. 

ރަހްމަތްތެރިނާއި މިސްމީޑިއާގައި ފަޒީލަށް ކިޔަނީ ފުލޭޝް އެވެ. މިނަން ކިޔަންފެށުނީ ދުވުމުގައި ތެރޭގައި ހަރަކާތްތެރި ވާންފެށިފަހުން ނެވެ. ފަޒީލު މިހާރު ހަދާފައިވާ ރިކޯޑުތައްވަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު އާކޮށްފައެވެ. ޕްރޮފެޝަނަލްކޮށް ދުވަންފެށިފަހުން ރިކޯޑުތައް އާކުރަން ފެށިލެއް ހަލުވިކަމުން ބައެއް މީހުން ފްލޭޝް ކިޔަން ފެށީއެވެ. އެއް އަހަރު ތެރޭގައި ހުރިހާ ރިކާޑެއް ހޯދިއެވެ.

މިހާރު ފްލޭޝްގެ ބްރޭންޑު އަންނަނީ ގާއިމު ކުރަމުންެނެވެ. ފަޒީލު ޓްރޭނިންއަށް ގެންދާ ދަބަސް އެއީ ފްލޭޝް ބުރޭންޑުގެ ދަބަހެކެވެ. އަދި އިންޓަވިއުގައި އިނީ ފްލޭޝް މާކުގެ ފުލެއްލީ ހާރެެއްވެސް އަޅާގެންނެވެ.

ޓްރޭނިންގ އަށް ތައްޔާރުވުން

ފަޒީލު ޓްރޭނިންނަށް ދާނީ ވަރަށް ތައްޔާރުވެގެންނެވެ. ގެންދާ ދަބަހުގައި ޓްރޭނިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެއެވެ. 

ފްލޭޝް ދެކޭގޮތުގައި ޓްރޭނިން ދަބަހަކީ އޭނަގެ ވޯރޑްރޯބެވެ. އޭގައި ތަމްރީނަށް ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެއެވެ. އިތުރު އިސްޓާކީނާއި، ރިކަވަރީ އާލާތާއި، ސްޕޭރާއި ބަނޑުހައިވެއްޖެނަމަ ކާލާނެ ސްނެކްވެސް ހުންނާނެކަމަށެވެ. މިއީ އެންމެ ފުރަތަމަ ތަމްރީނުތަށް ފެއްޓިހިސާބުންވެސް ކަންތައް ކުރަމުންދާގޮތެވެ. މީހަކު ދަސްކޯދީގެން ކުރާމެއް ނުމެ ނޫންމެއެވެ.

އަދި މިކަހަލަ ގޮތަށް ކަންތަށް ބަހައްޓާ ދިވެހި އެތުލީޓުން ތިބި އިރުވެސް، މިނޫންގޮތަށްވެސް އުޅޭ އެތުލީޓުން ފެނެއެވެ. ކާމިޔާބު އެތުލީޓަކަށްވުމަށްޓަކައި ރަނގަޅު އަހްލާގީ މިންގަޑެއް ހިފާއްޓަން ޖެހެއެވެ. އަދި އެހެންމީހުންނަށް އިހްތިރާމް ކުރަންޖެހޭނެކަމަށް ފްލޭޝް ދެކެއެވެ.

އެދުވަހެއްގެ ހަށިގަނޑުގެ ހާލަތަށް ބަލައި ޓްރޭނިންނަށް، ބަދަލު ގެނެވިދާނެކަމަށް ފްލޭޝް ދެކެެވެ. އެއީ އެތުލީޓަކީވެސް އިންސާނެއް ކަމުން އާއިލީ ކައްތައްތަކާއި މަސައްކަތުގެ ޕްރެޝަރވެސް ހުންނާއެވެ. ކޮންމެ ދުވަހަކު މެންޓަލީ އެންމެ ވަރުގަދަކޮށް ނުހުންނާނެއެވެ.

ޓްރޭނިންއަށް ކޮންމެ ދުވަހަކު އައުމަކީ ހަމަ ހަގުރާމައެކެވެ. ކޮންމެ ދުވަހަކު އަންނަހިތް ނުވެދާނެއެވެ. އެކަމަކު އެންމެ އަންނަހިތްނުވާ ދުވަހުވެސް ޓްރޭނިންއަށް އަންނަށް ޖެހޭނެއެވެ. އަދި އެތްލީޓެއް ޕާފޮމެންސް ހުންނާނީ މައްޗާއި ތިރިއެވެ. މިކަން ދެނެ ހުރެ ޓެރޭނިންގައި ހިފާއްޓަންޖެހޭނެއެވެ.

 

ރިކޯޑުތައް

ފްލޭޝް ދުވުމުގައި ހާސިލު ކުރެވުނު ކަންތައްތަކުގެ ތެރެއިން އެންމެ ހަދާން ހުންނަ، އަދި އެދުވުމަކުން ފަހުރުވެރިކަން އިހްސާސްވުމާއި، އުފާވެރިކަން ލިބުނު ރިކޯޑަަކީ 1500މ ގެ ދުވުމެވެ. ފްލޭޝް ބުނާގޮތުން މިއީ އެނާ ހާސިލުކުރުމަށް ވަރަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ދުވުމެކެވެ. މިއީ ރާއްޖޭގައި 30 އަހަރުވެފައި އޮތް ރިކޯޑެކެވެ. ފްލޭޝް އެރިކޯޑު ގާއިމު ކުރީ ކުރިން ހަދާފައި އޮތް ރިކޯޑަށްވުރެ ބޮޑު ފަރަގަކުންނެވެ. އެހެންކަމުން މިއީ ފްލޭޝް ހިތާ ގުޅިފައި ހުރި ރިކޯޑަކަށް ވަނީއެވެ.

ފްލޭޝް އެންމެ ދުވާހިތްވަނީ މެދު ރާސްތާގެ ދުވުންތަކެވެ. އެއީ ގޭމްޕްލޭއަކަށް އެނާއަށް ދުވަން ފަސޭހަވާތީއެވެ. ކުރު ދުވުންތަކުގައި މާބޮޑު އުކުޅުތަކެއް ބޭނުން ކުރާނެ، ވަޤުތެއް ނުލިބޭކަމަށް ފްލޭޝްދެކެއެވެ. 3000މ ގެމަތީގެ ދުވުންތައް ފްލޭޝްއަށް ވަރަށް ކަމުދެއެވެ. ހާއްޞަކޮށް 5000 އަދި 10000 ދުވުންތައް ދުވާހިތްވާކަމަށް ބުންޏެއެވެ. 

ފްލޭޝް ދެކޭގޮތުގައި މެދު ރާސްތާ ދުވުންތައް ދުވާއިރު ގޭމް ޕްލޭން ބަދަލުކުރަން ފުރުޞަތު ލިބޭކަމަށެވެ. އަދި ހާސިލުކުރަން ބޭނުންވާ އަމާޒު އަތުލުމަށް ފަސޭހަ ކަމަށެވެ.

ފްލޭޝް ދުމުގެ ތެރެއަށް ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އުމުރު ހުރީ 25 އަހަރުގައެވެ. އެއަހަރު ދިރާގު ރޯޑު ރޭހުން ލިބުނީ 6 ވަނައެވެ. ޖެހިގެން އައިއަހަރު ދިރާގު ރޯޑު ރޭހުގައި 5ކމ ރޭހުން 2 ވަނަ ހޯދިއެވެ. މިކާމިޔާބަށްފަހު ގައުމީ ޓީމާއި އެކު ތަމްރީނު ކުރުމުގެ ފުރުޞަތު ލިބިގެން، ކުރި މަސައްކަތުން 2016 ވަނަ އަހަރު ވަނީ ދިރާގު ރޯޑު ރޭހުން 1 ވަނަ ހީދޯ އެރޭހުން ގައުމީ ރިކޯޑުވެސް އާކޮށްފައެވެ.

ފްލޭޝް ދެކޭގޮތުގައި ރާއްޖޭގެ ދުވުމުގެ 'ލެޖެންޑް' ގޮތުގައި ފަހާގަ ކުރެވޭ ފަރާތްތަކުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބެއެވެ. މިހާރު މިފަދަ ގިނަ ދުވުންތެރިންނަކީ ކޯޗުންނެވެ. އަދި ފްލޭޝްވަނީ އެލެޖެންޑުންނާއި އެކު މަސައްކަތްކޮށްފައެވެ. އެެހެންކަމުން މިވާހަކައަކީ ގައިމުވެސް ތަޖުރިބާގައި ބުނެފައިވާނެ ވަހާކައެކެވެ.

 

ރޭހަށް އެރުން

ފްލޭޝް ގަބޫލު ކުރާގޮތުގައި ރޭހަކަށް އެންމެ ފިޓްވެގެން އެންމެ ރަނގަޅަށް ތައްޔާރުވެގެން ނުނިކުމެވޭނެއެވެ. ހަމަ ގަމާމުވެސް ފްލޭޝްއަކަށް އެކަން ނުވާކަމަށް ބުންޏެވެ. އެކަމަކު ރޭހަށް އަރަނީ މޮޅުވާށެވެ. އަދި އެންމެ ބެސްޓީ އަހަރެންނޭ ގަބޫލުކޮށްގެންނެވެ. 

މިސާލު ދައްކަމުން ފްލޭޝް ބުނީ ރޭސްތަކުގައި ޗެންޕިއަނުން ބަލިކޮށްފައި ހުންނަނީ މެންޓަލީ ވަރުގަދަ ވީމައެވެ. އަދި ގޭމް ޕްލޭން އެގޮތަށް ރާވާފައި ހުންނާތީއެވެ. ކިޕްޖޯގީ އަށް ވުރެ ދެރަ ދުވުންތެރިން ދިގު ރޭސްތަކުގައި ވަނަ ހޯދައިފައި ހުރީ މިގޮތަށް  ޕްލޭން ރާވައިގެން ކަމަށެވެ.

ކުރިއަށްއަށް ދުވަސްތަކުގައިވެސް ރޭހުގައި ވާދަކުރުމަށް ޖެހިލުންނުވާކަމަށް ބުނެއެވެ. ފްލޭޝް ގަބޫލު ކުރާގޮތުގައި މިވަގުތު ގައުމުގައި ހުރި އެންމެ ވަރުގަދަ ދުވާ އެތުލީތަކީ ޔޫސޭއެވެ. ޔުސުފް އިބްރާހިމަކީ ރާއްޖޭގެ ބައި މެރަތަނާއި މެރަތަން ރިކޯޑު އޮތް ދުވުންތެރިޔާއެވެ.

ރާއްޖޭގެ ޕްރެފެޝަލް އެތުލީޓުން ތިބި އިރު ހަމަ އެގޮތަށް އެޒޯނަށް ނުފެތޭ އެތުލީޓުން ތިބޭކަމަށްވެސް ފްލޭޝްދެކެއެވެ.

ފްލޭޝް ނިމިދިޔަ އެސޯސިއޭޝަން ޗެންޕިއންޝިޕްގައި ބައިވެރިވީ 1500މ އަދި 5000މ ރޭހުގައެވެ. އަދި ތަމްރީނު ހެދީ މިކެޓިގަރީއަށެވެ. މިގތަށް ރޭހަށް ވަކި އެއްޗަކަށް ތަމްރީނު ބައްޓަން ކުރީމައި ކާމިޔާބު ކުރަން ފަސޭހަ ކަމަށް ފްލޭޝްދެކެއެވެ. ފްލޭޝްވަނީ މީގެ ކުރިން މިގޮތަށް 3000މ ތަމްރީނުކޮށް އެރީކޯޑު އެއްފަހަރަށްވުރެ ގިނައިން އާކޮށްފައެވެ.

 

ޖިމްގައި އުޅޭ ސަބަބު

ފްލޭޝް ދުވުމާއި އެއްގޮތަށް ހަމަ ޖިމްގައި ވެސް ވަގުތު ހޭދަ ކުރެއެވެ. ޖިމްގައި ފްލޭޝް ސްޓްރެންތާއި ކަލިސްތަނިން ކަސްރަތުތަށް ކުރެއެވެ. އެއީ ރަނގަޅު ޝޭޕުގައި ހުރުމަށާއި ކޯ ވަރުގަދަކުރުމާއި ލޯވަރ ބެެކް ވަރުގަދަ ކުރުމަށެވެ. މިއީ ދުވުމަށް މުހިންމު ކަންތައްތައް ކަމުގައި ފްލޭޝްދެއެވެ.

 

ކުރިމަގު ދެކޭގޮތް

ރާއްޖޭ ޕްރޮފެޝަނަލް އެތުލީޓުންނެއް ނެތްކަމަށް ފްލޭޝް ދެކެއެވެ. ތިބީ ހުސް ޕާރޓްޓައިމްކޮށް ހަރަކާތްތެރިވާ އެތުލީޓުންކަމަށެވެ. ޤައުމީ ޓީމަށް އެތުލީޓަކު ނެގުމުން އެއެތުލީޓަކަށް ކޮންމެވެސް ވަރެއްގެ އެލަވެންސެއް މިހާރު ލިބެއެވެ. އެކަމަކު މިއީ އޭނަގެ ހުރިހާކަމެއް ފުއްދޭވަރުގެ އެލަވަންސެއް ނޫނެވެ.

އެހެންނަމަވެސް ގައުމީ ފެންވަރުގައި ހަރަކާތްތެރިވާން ފެށެމަށްފަހު، ޤާނޫނުން އެތުލީޓަކަށް ވަރަށް ގިނަ އިނާޔަތްތަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ތަމްރީނަށާއި ގުޅުން ހުރި އެހެންވެސް ކަންކަމަށް އެ އެތުލީޓަކު ވީލަން ޖެހެއެވެ.

އަޅުގަނޑުމެން ދުވުމުގެ ގައުމީ ފިރިހެނުން ރިކޯޑު ބަލައިލީމާ ފެންނަނީ، ހަމަ އެންމެ އެތުލީޓެއް ފިޔަވާ ހުރިހާ އެތުލީޓުންނަކީވެސް އެމްއެންޑީފަށް ނިސްބަތްވާ އެތުލީޓުންކަމެވެ. އަދި މިހުރިހާ އެތުލީޓުންނަކީވެސް މިހާރުވެސް ތަމްރީނު ހަދަމުންދާ ދުވުންތެރިކަމެވެ. އެެެހެންކަމުން ގަބޫލުކުރެވެނީ، މިދުވުންތެރިންނަށް އާންމު ޑިއުޓީތަކުން ތަމްރީއަށް ހާޒިރުވުމަށް ވީއްލިފައިވާނެކެމަށެވެ.

މިޤައުމުގައި ވަރަށް ރަނގަޅު ރިކޯޑު ހެދޭނެފަދަ އެތުލީޓުން ފެނި ހިގައްޖެވެސް ކަމަށެވެ. އެ އެތުލީޓުންނަކީ ރިކޯޑު ހަދާ، ތާރީޚް ބަދަލު ކުރެވޭނެ ފަދަ އެތުލީޓުންނެވެ. 

އެކެމަކު އެތުލީޓަކަަށްވެސް ރަނގަޅު އެއްޗެއް ލިބިގެންނޫނީ މިކަމުގައި ދެމި ނުހުރެވޭނެކަމަށް ފްލޭޝް ދެކެއެވެ.