ދިވެހިރާއްޖޭގެ ދިގުދުވުމުގެ ވާހަކަ ދައްކާއިރު، ޝަރަފުގެ މަސައްކަތް ފަވާލަންޖެހެއެވެ. ޝަރަފުވަނީ ބައި މެރަތަން ރިކޯޑު ތިންފަހަރު އާކޮށްފައެވެ. އަދި 27 އަހަރުވީ މެރަތަން ރިކޯޑު މުގުރާލުމުގެ ޝަރަފު ހޯދީ ޝަރަފެވެ. މެރަތަން ރިކޯޑު މިހާ ދިގު މުއްދަތަކަށް މުގުރާނުލެވި އޮތުމުން، ހީވެފައިއޮތީ ނުވާނެ ކަމެއްގޮތަށެވެ. ޝަރަފް މެރަތަން ރިކޯޑް އާކުރުންވީ، ވަރަށް ގިނަ ދުވުންތެރިންނަށް ހިތްވަރު އާވިކަމެކެވެ.

މެރަތަން ރިކޯޑު ޝަރަފު ހެދިފަހުން މިވީ ހަތް އަހަރު ތެރޭ، މެރަތަން ރިކޯޑަށް ވަނީ ގާތް ގަޑަކަށް 15 މިނިޓުގެ ކުރިއެރުމެއް ލިބިފައެވެ. މިހާރު ގެ ރިކޯޑަކީ 2 ގަޑިއިރާއި 29 މިނެޓެވެ. މިހާރު މެރަތަން ރިކޯޑު އޮތީ ޔޫސުފް އިބްރާހިމް އަތުގައެވެ.

ޝަރަފު ދުވުމުގެ ތެރެއަށްވަނީ 2009 /2010 ހިސާބުގައެވެ. އޭރު ދުވަނީ އަމިއްލައަށެވެ. ކޮންމެ ދުވަހަކު ޓްރެކަށް ނުކުމެ ހިތުން ކަނޑައަޅާފައިވާ މިންވަރަކަށް ދުވެލަނީއެވެ. ޓެރެކްވަށާ، 12 ބުރު ނޫނީ 15 ބުރު ޖަހާލާފައި ނިންމާލަނީއެވެ. މިހެން އަމިއްލަ ހާލާތާގެން ތަމްރީނުގައި އުޅުމުގެ ތެރޭގައި، އިންތިޒާމުކުރެވިގެން ދުވާ ގުރޫޕަކާއި ދިމާ ވެއްޖެއެވެ. އެއީ ރަނާސް މޯލްޑިވްސްއެވެ. އަދި ރަނާސް މޯލްޑިވްސާއި ވާހަކަ ދެއްކުމުން އެނގުނީ، އެމީހުން ތަމްރީނު ހަދަނީ ކޯޗެއްގެ އިރުޝަދުގެ ދަށުންކަމާއި އެގުރޫޕާއި ގުޅިގެން ދުވުމުގެ ފުރުޞަތު އޮންނަކަމަށެވެ.

ރަނާސް މޯޑްޑިވްސްގެ ކޯޗަކީ ނަސީރު އިސްމާއިލެވެ. އެހެންކަމުން ޝަރަފު ނަސީރުގެ ކޯޗުކަމުގައި ދުވަން ފަށައިގަތެވެ. މިކުލަބުގެ ތެރޭއިން އަނެއްކާ އެހެން ގޮތްޕެއް އުފެދުނެވެ. އެއީ މޭޑްރަނާސްއެވެ. މި ކްލަބު އުފެއްދުމުގައި ޝަރަފު ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

މިގޮތުން މޭޑުރަނާސްއެކު ތަމްރީނުހަދަން ފެށިތާ، ވަރަށް ކުރީކޮޅުގައި ބައިނަލް އަޤްވާމީ މެރަތަނެއްގައި ބައިވެރިވުމަށް، 2012ވަނަ އަހަރުގައި ސިންގަޕޫރަށް ވަރަށް ގިނަ ދުވުންތެރިންނާއި އެކު ދިޔުމުގެ ފުރުސަތު ޝަރަފަށްވެސް ލިބުނެވެ. އެފަހަރު ޝަރަފުއަށް ބައިވެރިވާން ޖެހުނީ ފުލް މެރަތަންގައެވެ. އެއީ ބައި މެރަތަންގެ ޖާގަ ފުރިފައި ހުރެގެންނެވެ.

ޝަރަފުގެ އެންމެ ފުރަތަމަ މެރަތަން ކަމުގައިވާ، ސިންގަޕޫރު މެރަތަން 2012، ޝަރަފަށް ނިންމުނީ 3 ގަޑި 38 މިނެޓުންނެވެ. މި މެރަތަން ވެގެން ދިޔައީ ޝަރަފަށް ވަރަށް ބޮޑު ތަޖްރިބާއަކާއި ހިތްވަރެއް ލިބިގެންދިޔަ ދަތުރަކަށެވެ. މިއާއެކު ދުވުމުގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ގައުމީ ސްކޮޑާއި ގުޅުނެވެ. އަދި ގައުމީ ކޯޗްގެ އިރުޝާދުގެ ދަށުން ތަމްރީވެގެން 2014ވަނަ އަހަރުގެ ތުރުކީގެ އިސްތަންބޯލު މެރަތަންގައި ބައިވެރިވެ 3 ގަޑި 12 މިނިޓުން މެރަތަން ނިންމިއެވެ. ހަމަ އެއަހަރު ހުޅުމާލޭގައި އޮތް ޓީއެފްޖީ މެރަތަން ދުވެލީ 3ގަޑި 5 މިނެޓުންނެވެ. އަދި އެ އަހަރު އޮތް ދިރާގު ރޯޑް ރޭހުގައި ދެވަނި ވަނީ ލިބިފައެވެ.

ދުވުމުގެ ތަމްރީނު

ޝަރަފުވަނީ ނަސީރު އިސްމާއިލުގެ ކޯޗްކަމުގައި ދުވުމުގެ ތެރެއަށް ނިކުމެ، ގައުމީ ކޯޗު އަބުޅޯގެ ވެސް ތަމްރީނު ހަދާފައެވެ. އޭގެ ފަހުން އޮލިމްޕިކް ކޮމިޓީގެ ސްކޯލަރޝިޕެއްގައި ވަނީ އިތިއޯޕިއާގައި ތަމްރީނު ހަދާފައެވެ. އަދި ހަމަ މިފަދަ ސްކޯލަރްޝިޕެއްގައި މޮރޮކޯގައި 2 އަހަރު ދުވަހު ތަމްރީނު ހެދުމުގައި މަޑުކުރިއެވެ.

ޝަރަފު މޮރޮކޯގައި ތަމްރީނު ހެދީ އެގައުމުގެ އެންމެ މޮޅުކަމަށް ކިޔާ ކޯޗްގެ އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން އޮންލައިކޮށް ޖަރުމަންގެ ވަރަށް ނަންހިންގާ ކޯޗެއްގެ އިރުޝަދުވަނީ ހޯދާފައެވެ.

 

ދުވުންތެރިންނާއި އެކު ތަޖްރިބާ ހިއްސާ ކުރުން

ދުވުމުގައި ޝަރަފުވަނީ ގާތްގަޑަކަށް، 14 ވަރަކަށް އަހަރު ހޭދަކޮށްފައެވެ. އަދި ތަމްރީނުތައްވަނީ އެކި ގައުމުތަކުގައި ތަފާތު ކޯޗުންގެ އިރުޝަދުގެތެރޭން ހޯދާފައެވެ. ޝަރަފުވަނީ ޔޫރޮޕާއި އޭޝިއާގެ ގިނަ ގައުމުތަކެއްގައި ދުވެފައެވެ. 

ދުވުމުގައި ކުރެވިފައި ހުރި ތަޖްރިބާ ދުވުމުގެ މުޖްތަމައަށް ފޯރުކޮށް ދިނުމުގެ ޝައުގުވެރިކަން އޮންނަލެއް ބޮޑުކަމުން މިކަން ކުރެވޭނެ އެންމެ ގޮތަކީ ދުވާ ކްލަބެއްގެ ޒަރިއްޔާއިން ކަމަށް ފެންނާތީ، 2019ގައި އޮތް އޯއައިޖީ އެނބުރި ރާއްޖެއައުމަށް ފަހު ދުވުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދެން ފަށަައިގަތެވެ. 

ޝަރަފު ދެކޭގޮތުގައި ދުވާ ޕްރޮގުރާމެއް ތައްޔާރު ކުރާއިރު ރާއްޖޭގެ މޫސުމަށް ރިޔާއަށް ކުރަން ޖެހޭނެއެވެ. މައިގަޑުކޮށް ޕްރޮގުރާމު ތައްޔާރުކުރުމުގައި އެތުލީޓު އަނިޔާއިން ސަލާމަތް ކުރެވޭނެގޮތާއި އެމީހެއްގެ އުމާރާއި ކުރާ މަސައްކަތާއި ހާލަތަށް ބަލަން ޖެހޭނެކަމަށެވެ.

އެންމެ މުހިންމުކަމަކީ ދުވުންތެރިޔާގެ އަމާޒަކީ ކޮބައިކަމާއި އޭނައަށް ވަޤުތު ދެވޭނެ ވަރާއި މަސައްކަތް ކުރަން ހުރި ހިތްވަރެއެވެ. އެހެންކަމުން އެ އެތްލީޓެންގެ ހަށިގަނޑާއި މަހުގައި ހުރި ބާރެެއްވެސް އެއީ ބަލަންޖެހޭ ކަމެއް ކަމުގައި ޝަރަފު ދެކެއެވެ. އެއީ ގިނައިން ދުވުމަކަމުން، ބައެއް ދުވުންތެރިންނަށް އަދި އެންމެ އެދެވޭ ނަތީޖާ ނުނެރެވިދާނެއެވެ.

 

ހުޅުމާލެ ރަން

ޝަރަފުގެ ކްލަބުގެ ފަރާތުން މިހާރު އަންނަނީ މި މޭހުގެ 17ގައި ހުޅުމާލެ ރަންގެ ނަމުގައި ދުވުމެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މިރޭހުގައި 10 ކިލޯމީޓަރާއި 5 ކިލޯ މީޓަރުގެ ދުވުން އޮންނާނެއެވެ. އަދި މި މިއިންކޮންމެ ބައެއްގައި ވާދަވެރި ބަޔާއި އޮޕަންކޮށްވެސް ދުވުންތެރިންނަށް ބައިވެރިވެވޭނެެވެ. ދުވުންތެރިންނަށް ވެބްސައިޓުމެދުވެރިކޮށް ރޭހުގައި ބައިވެރި ވެވޭގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރޭހުގައި ބައިވެރިވުން ނިންމާ ދުވަހަކީ 31 މާރޗެވެ.

ދުވުމުގެ ރޭހެއް އިންތިޒާމް ކުރުމަކީ، ޝަރުފެ ވަރަށް ކުރިންސުރެއް ދެކެމުންއަން ހުވަފެނެކެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލެރަންގައި އިތުރު ބައިތަށް ހިމެނުމަށްވަނީ ވިސްނާފައެވެ. ޝަރަފު މިރޭސް އިންތިޒާމުކުރުމުގައި ވިސްނާފައިވަނީ، ރާއްޖޭގައި މިވަޤުތު ސިޓީއަކަށް ނިސްބައިވާ ދުވުމެއް ނެތުމުން، މިހުސްކަން ފިލުވުމެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ރަށަށް ނިސްބަތްކޮށް ހުންނަ ދުވުންތައް ވަރަށް ގިނައިން ހުރެއެވެ. ބޭނުމަކީ ދުވުންތެރިން އެސިޓިއަށް ގެނެވުމެވެ. އަދި މިއީ ޝަރަފުގެ ދުރުވުސްނުމުން ސްޕޯޓްސް ޓޫރިޒަމް ތަރައްޤީކުރުމަށް އެޅިގެންދާނެ ބިންގަލެކެވެ. 

 

ޝަރަފު އަވަދިނެތި

ޝަރަފަކީ ފުލްޓައިމް ފުލުހެކެވެ. މަސްކަތް ކުރަނީ ޕޮލިސްގެ ވޯކްފޯސް ހެލްތު އެންޑު ވެލްބީން ޑިޕާރޓްމަންޓުގައެވެ. މަސްކަތުގައި ބުރަކޮށް އުޅެމުން ދުވުންތެރިންނަށް ހިތްވަރުދީ އަދި ދުވުމެއް އިންތިޒާމުކުރުމުގައި ވަރަށް އަވަދި ނެތި ދަނީ އުޅެމުންނެވެ. މިކަމުގެ ތެރޭގައި ޝަރަފު ގެ އަމިއްލަ ދުވުމުގެ ތަމްރީނުވެސް ދަނީ ހަދަމުންނެވެ.

ކޯވިޑުއަށް ފަހު ޝަރަފުގެ ފިޓްނަސް އެހާ ރަނގަޅު ނޫންކަމަށް ޤަބޫލުކުރެއެވެ. ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި ބޭނުމަކީ ކުރިން ހުރި ފެންވަރަށް އައުންކަމަށެވެ. މިމަހުގެ ކުރީކޮޅުގައި ތުރުކީގައި އޮތް ރަންތޯލިޔާގައި ޝަރަފުވަނީ ދުވެއެވެ. މިފަހަރުގެ ބައި މެރަތަން ނިންމާފައިވަނީ 1 ގަޑި 19 މިނެޓުންނެވެ. މިހާރު ތަމްރީނު ހަދަމުން އަންނާތީ ފިޓްނަސް ރަނގަޅުވާ ކަމަށް ޝަރަފު ދެކެއެވެ.

ޝަރަފް ތަމްރީނުކުރަނީ އެކުގައި ރަނިންމޯޑް