ރޭގައި މާލޭ އެކުންވެނި ސިންތެޓިކް ޓްރެކްގައި، މެރަތަހަން ރަނާސް/ އައިލޭންޑު ރަނާސްއިން ރަންތާލިއާ މެރަތަން 2024ގައި، ކުލަބަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ހަފާލާއެއްވަނީ ބާއްވާފައެވެ. 

މިދެ ކްލަބަކީ އެއް މެނޭޖުމަންޓެއްގެ ތެރޭއިން ހިނގަމުން ގެންދާ ދެކުލަބެވެ. ދެކުލަބު މޭސްތިރިއަކީވެސް އަދި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ނަސްރުލާ އަހަމަދެވެ. ނަސްރުއަކީ މިކްލަބުގެ ކޯޗުވެސް މެއެވެ. 

ރަންތާލީޔާ މެރަތަންގައި މިދެ ކްލަބުގެ 8 ދުވުންތެރިންވަނީ ބައިވެރިވެފައެވެ. މި ދުވުންތެރިންވަނީ މެރަތަނާއި ބައި މެރަތަނާއި 10 ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވެފައެވެ. 

އެންމެ ފާހަގަ ކުރެވެނީ ކްލަބުގެ ޔޫސުފު އިބްރާހިމް ހެދި މެރަތަން ރިކޯޑެވެ. ޔޫސުފުވަނީ 2ގަޑި 29 މިނެޓުން ދުވެ، ރާއްޖޭގެ މެރަތަންގެ ރިކޯޑުގެ ތާރިހް ތެރެއަށް ވަދެގެން ގޮއްސައެވެ. ޔޫސުފާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ... https://runraajje.com/athletes/13

ރޭގެ ހަފްލާގައި ކްލަބުގެ ފަރާތުން ވާހަކަދެއްކި، އުސޭދު މުސާ ވަނީ ކްލަބުން، ކުރިމަގަށް ކުރާ އުއްމީދާއި އަމާޒާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. މިހާރު އެކްލަބުން ބޭނުންވަނީ، ސައުތު އޭޝިއާއިން، ދުވުމުން ރަން މެޑަޔެއް ހޯދުން ކަމަށެވެ. އަދި މިކަން ކުރެވޭވަރުގެ އެތުލީޓުންނާއި އަދި ކޯޗްގެ ތަޖްރިބާ ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ. ހުސޭންގެ ވާހަކާން ދޭހަވި ކޮށްދިނީ ދުވުންތެރިން ކޯޗުގެ ގާބިލުކަމާއި މެދު އޮންނަ އިތުބާރެވެ. 

ކްލަބުގެ ފަރާތުން ދުވުންތެރިޔާ އުސޭދު ވާހަކަ ދައްކަނީ

 

އަދި މިހާރު ގައުމީ ސްކޮޑުގައި ހިމެނޭ ދިގު ދުވުންތެރިންނަކީ، މިކްލަބަށް ނިސްބަތްވާ ދުވުންތެރިންނަށްވެފައި، ދިގުދުވުމުގެ ރިކޯޑު މިހާރު އޮތް ޔުސުފަކީ، ނަސްރުގެ ކައިރިން ކޯޗިން ނަގާއިގެން، ރާއްޖޭގެ މާހައުލުގައި ތަމްރީނުވެގެން ރިކޯޑު ގާއިމު ކުރި ދުވުންތެރިއެކެވެ. މީގެ ކުރުން މިފަދަ ރިކޯޑްތައް ހޯދާފައިވަނީ ރާއްޖޭން ބޭރުގައި ދުވުންތެރިން ތަމްރީނުވެގެންނެވެ. 

މިކުލަބުގެ ކޯޗުވަނީ މިހާރު 95 މެރަތަން ދުވެފައެވެ. އަދި މަސައްކަތް ކުރަމުންދަނީ 100 މެރަތަން ހަމަކުރުމަށެވެ.

ރޭގެ ހަފްލާގައި ޝަރަފުވެރި މެހްމާނެއްގޮތުން ބައިވެރިވެ ވާޑައިގަތީ ކުޅިވަރާއި ބެހޭ ވަޒީރު ރާފިއުއެވެ. ރާފިއުގެ ވާހަކަފުޅުގައި ވަނީ ރާއްޖެގެ ދުވުމުގެ ރިކޯޑުތަކާއި ދެކުނު އޭޝިއާ ރިކޯޑުތަކުގައި ހުރި ފަރަގު، ކުޑަކުރުމަށް ވުޒާރާއިން ކޮށްދެވެން އޮތް ހުރިހާކެމެއް ކޮށްދެއްވާނެކަމުގެ ޔަޤީން ކަންދެެެއްވާފައެވެ.

ކުޅިވަރާއި ބެހޭ ވަޒިރު

 

ރޭގެ ހަފްލާގައި ދުވުމުގެ ކޮމިއުނިޓީގައި ހިމެނޭ ބައެއް ދުވުންތެރިންވަނީ ބައިވެރިވެފައެވެ.  

ރޯދަމަސްކަމުން ހަފްލާގެ ބައިވެރިންނަށް ވަރަށް ފުރިހަމަ ކެއުމެއްވެސް ވަނީ ކްލަބުގެ ފަރާތުން ހަމަޖައްސާފައެވެ.