ދުވުމުގައި ސަމްހާ ވަނީ ރަންވަނަތަކެއް ހޯދައި އަދި ރާއްޖޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ. ސާމްހާ ދުވުމުގެ ތެރެއަށް ވަދެފައިވަނީ ވަރަށް ޅައުމުރުގައި، ސްކޫލް ދައުރުގައެވެ. ސްކޫލް ދައުރުގައި ސަމްހާ ވިދާލާގެން ދިޔައީ ސްޕްރިންޓަރެއްގެ ގޮތުގައެވެ. އޭރުވެސް ރިކޯޑުހަދައި ރާއްޖެ ތަމްސީލު ކުރަމުގެ ފުރުޞަތުވަނީ ހޯދާފައެވެ. މިހާރު އޭގެ އެތަށް އަހަރެއް ފަހެވެ. މިއަދުވެސް ސަމްހާ ފެނިގެން މިދަނީ ރާއްޖެ ތަމްޞީލު ކުރަމުން ދާތަނެވެ. 

މިހާ ދިގު މުއްދަތެއްގައި ދުވުމުގައި ދެމިހުރުމުގެ ސިއްރުތަކެއް ހުންނާނެ ކަން ކަށަވަރެވެ. އަޅުގަނޑުމެން ސަމްހާއާ ވާހަކަ ދައްކަލީ ދުވުންތެރިއެއްގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ކުރެވިފައިވާ ތަޖުރިބާތަކުގެ ކޮންމެވެސް މިންވަރެއް ރަންރާއްޖޭގެ ލިޔުންތައް ކިޔާ ފަރާތްތަކާއި އެކު ހިއްޞާކޮށްލުމުގެ ބޭނުމުގައެވެ.

ދުވުމުގެ ތެރޭގައި ހަރަކާތްތެރިވާ ޅަޒުވާނުންނަށް ހަމަގައިމުވެސް ސަމްހާގެ ތަޖްރިބާން ލިބޭނެ ކިތަންމެ ފިލާވަޅުތަކެއް ހުންނާނެއެވެ. އަޅުގަނޑުމެން ސަމްހާއާ ކުރީ ފަސް ސުވާލެވެ. ސަމްހާގެ ފަރާތުން ލިބިފައިވާ ޖަވާބުތައް ހިއްސާކޮށްލަމެވެ.

 

1. އެންމެ ކުރީގައި ސަމްހާ ފެނިގެން ދިޔައީ ސްޕްރިންޓަރ އެއްގޮތުގައި، 2000 ގެ ކުރީކޮޅުގައި ދުވުމުން މެދު ކެންޑުމަށްފަހު، 10 ވަރަކަށް އަހަރަށް ވުރެވެސް ދިގު މުއްދަތަކަށްފަހު، ދެން ފެނިގެން ދިޔައީ ދިގު ދުވުން ދުމުން، މިއީ ކިހިނެއްވެގެން ގެނައި ބަދަލެއް؟

ދިހައަހަރުފަހުން ދިގު ދުވުންތެރިއަކަށް ބަދަލުވާންޖެހުނީ، އެއަހަރުތަކުގައި ވަޤުތު ދިނީ އާއިލާއަށް، އެންމެ ބޮޑު ޕްރައިރިޓީއަކީ އާއިލާ. ލިބޭ ހުސްވަޤުތުގައި އާއިލާއެކު ހޭދަކުރުންވީ، ވަރަށް ހިތްހަމަ ޖެހޭ ކަމަކައް. މިދުވަސްވަރު އތުރަށް ކުރަން ފެށުނުކަމަކީ ގޭ ކައިރީގައި ވަރަށް ބޮޑު ޖަންގައްޔެއް އޮވޭ، އެތަނަށް ދުވަން ދާން ފެށީ. އެތަނުގައި ދުވަނީ 2.5 ކިލޯ މީޓަރު. މިގޮތަށް ދުވަން ފެށީމަ ހިތަށް އެރީ 10 ކިލޯ މީޓަރުވެސް ދުވެވިދާނޭ، އެއީ ދިގު ދުވުން، ދުވަން ފަށައި ގަނެވުނު ގޮތަކީ.

2. ދިގު ދުވުމަށް ތަމްރީނު ހެދީ ކިހިނެއް؟ ކައިރީގައި ކޯޗެއް ހުރޭތޯ؟ ނެތްނަމަ ތަމްރީނު ކުރާއިރު ދިމާވާ ގޮންޖެހުންތައް ހުރޭތޯ؟

އެންމެ ކުރީގައި 2014ގައި ދުވީ އަމިއްލަ ޓްރޭނިންގ ހަދައިގެން. އެއީ ވަޤުތު ލިބޭ ގޮތުން ކޯޗަކާއި އެކު ޓްރޭނިންގ ހަދަން ވަރަށް އުނދަގޫ. އެހެން ވެގެން 1 އަހަރު ވަނދެން ޓްރޭނިން ހަދާފައި ރޭހެއްގައި ބައިވެރިވެފައި، ދެން އިގިއްޖެ ހާފް މެރަތަން ރެކޯޑު ހެދިދާނެކަން. ދެން ކޯޕަންހާގަން މެރަތަނަށްގޮސް އެރިކޯޑު ހެދީ. ދެން އޭގެ ފަހު 2022ގައި ވަރަށް ބޮޑު ބްރޭކެއް ނަގާފައި ހިތަށް އެރީ އުމުރުން 40 އަހަރު ވާއިރުގައި މެރަތަނެއް ދުވަން ބޭނުމޭ. ރާއްޖޭގެ ދުވުންތެރިން ފޮލޯކުރަން، އޭރު އެންމެ ރަނގަޅަށް ދުވާނެ ޒުލޭ، ނިއުޝާ މިދުވުންތެރިންގެ ކޯޗުންނަކީ ކޮބާތޯ ބެލިން. ދެން ހިތަށް އެރީ ނަސްރު ކޯޗާއި ކޮންޓެކްޓު ކުރަން ވެއްޖޭ. އެހެންވެގެން ނަސްރުއާއި ގުޅީ. ނަސްރުގެ ޓްރޭނިން ވަރަށް އިންޓްރެސްޓިން އަދި އެހާމެ ހާޑު، އެކަމަކު މަސައްކަތް ކުރީ ހަމަ އެންމެ ޓްރޭނިންގ އެއްވެސް ވައްޓާނުލާ ހެދޭތޯ. ގާތް ގަޑަކަށް 90% ޓްރޭނިން ހުންނާނީ ހެދިފައި. ޓްރޭނިން ހެދި އިރު ވަގުތު ހޯދަން ވަރަށް ދަތިވި، އެއީ ފުލްޓައިމްކޮށް ވަޒީފާ އަދާ ކުރާތީވެ. އެހެންކަމުން މަދުން މަސައްކަތްކޮށްފައި ދުވަމަށް ކޮންސަންޓްރޭޓް ކުރަން ގަޞްދުކުރީ. މެރަތަންއަށް ޓްރޭންވާ ހަނދަން ޖެހޭ 5 ކިލޯ މީޓަރުގެ ޓައިމް ޓްރައަަލެއެއް، މި 5ކިލޯ މީޓަރު ވަރަށް ރަނގަޅަށް ދުވެވުނު. އެއީ މިދިޔަ އަހަރު ޖޫންގައި 5 ކިލޯ މީޓަރު ރިކޯޑް ހެދީ އޭރު. ދެން ޓްރޭނިން ހަނދަށް ފެއްޓި، ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު، އެއީ ކޮންމެ ގަޑިއެއްގައިވެސް ޓްރޭނިން މައުލޫމާތު ފޮނުވާއިރަށް ޓްރޭނިން ލިބޭނެ. ވަރަށް އުނދަގޫ ކުދިން ގޮވައިގެން އުޅެމުން ޓްރޭނިންގ ހަދަން.

 

 3. ސަމްހާ އަތުގައި މިހާރު ދުމުގެ 4 ރިކޯޑެއް އެބައޮތް، މިރިކޯޑުތައް އިތުރަށް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަން ތޯ؟

މީހާރު ހުރިހާ ރޯޑު ރޭސް ތަކުގެ ރިކޯޑްއޮތީ އަޅުގަޑު އަތުގައި އެއީ މެރަތަން، ހާފް މެރަތަން، 20 ކިލޯ މީޓަރު، 15 ކިލޯ މީޓަރު، 10 ކިލޯ މީޓަރު އަދި 5 ކިލޯ މީޓަރު. މިހުރިހާ ރިކޯޑު މުގުރަން އުންދަގޫވާނެ، އެކަމަކު އެހެން މީހަކު މި ރިކޯޑު ހަދާފިއްޔާ ވަރަށް އުފާވާނެ، އޭރުން ގަބޫލު ކުރާނަން ރިކޯޑު ހެދީ އަޅުގަނޑަށްވުރެ ބޮޑަށް މަސްްކަތްކޮށްގެންނޭ. މިހާރު މަސައްކަތް މިކުރަނީ ޓްރެކްގެ ރިކޯޑު ހަދަން. އެއީ 10000މީޓަރު ގެ ރެކޯޑު ހެދުން، ދެ މިމުބާރަތެއް ހިގަންޖެ އެއްވެސް އެއްޗެއް ނުހެދި. މިރޯދަމަހު ދުވެފިން ހާފް މެރަަތަނެް. ރޯދަމަހު ޓްރޭނިން ހެދުމަކީ އެހާފަސޭހަކަމެއް ނޫން. އަދި ދިގު ދުވުމުގައި ހަށިގަޑު ހުރި ވަރުގައިވެސް މެއިންޓޭން ކުރުމަކީ ފަސޭހަކަމެއް ނޫން. 

 

4.މިހާރު ތަމްރީނު ކުރަނީ ޖަރުމަނުގައި ކަމަށް މިބަލަނީ، ރާއްޖޭގައާ ޖަރުމަނުގައި ތަމްރީނު ކުރުމުގައި ހުރި ފަސޭހައާއި އުނދަގޫތަކަކީ ކޮބާ؟

އަޅުގަނޑު ގަބޫލެއް ނުކުރަން އުޅޭތަނަކުން ޓްރޭނިންގަށް ބޮޑު ތަފާތެއް އަތުވެދާނެކަމަކަށް. މިހާރު މިއުޅޭ މާހައުލުގައި މައިނަސަށް ދިޔައީމަ ވަރަށް އުނދަގޫ ޓްރޭނިން ހަދަން، އެކަމު ކޮންޕެޓިޝަންގައި ވަރަށް ފަސޭހަ 10 ޑިގްރީގައި ދުވެލަން. އަޅުގަނޑު ގަބޫލުކުރާނީ، ދުވުމަށް ބައިވަރުކަންތައްތައް އެކުލެވިގެން ވާކަމަށް، އެއީ ނިދުން ކާއެއްޗެއްތި އަދި ރިކަވަރީ. މިހުރިހާ ކަމެއް އެއްކޮށްލާގެން މީހާ މިތައްޔާރުވަނި. ދުވަމަކީ ޓްރޭނިންގ ގެ ވަރަށް ކުޑަ ބައެއް. އަޅުގަނޑު ވަރަށް ސިއްހަތަށް ބަލަން، އެހެންވީމާ، އަޅުގަނޑު ވަރަށް އަވަށް ނިދަން. ނިދުމަކީ އަޅުގަނޑުގެ ރިކަވަރީ، ކޮންމެ ތަނެއްގައި ހުއްޓަސް ޓްރޭނިންގ ހަދާއިރު މިހުރިހާ ކަމެއް އެކުލެވިއްޖެއްޔާ މީހާގެ ދުވުން ރަނގަޅުވެ، ރަނގަޅު ޓައިމިން ހެދޭނެ. މިހުރިހާ އެއްޗެއް އިންވޯލްވުމަކީ ކޮންމެ އެތުލީޓަކަށްވެސް،  އަދި ކޮންެެމެ ކުޅިވަރެއް ކުޅުނަސް ވަރަށް މުހިންމު ކަމެއް. 

 

5. 1990 ގެ ފަހު ކޮޅުން ފެށިގެން ސަމްހާ ތިޔަ އުޅެނީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ދުވުމުގެ ތެރޭގައި، ސަމްހާގެ ތަޖްރިބާގައި ރާއްޖޭ ދުވުން މިހާރަށްވުރެ ރަނގަޅުކޮށް ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ގެނެއުމަށް ކުރަންޖޭހޭ ކަންތައްތަކަކީ ކޮބާ؟

މިހާރު ރާއްޖޭގައި ހުރި އެންމެ ސިނިއަރ އެތުލީޓަކަށް ވާނީ އަޅުގަނޑުހެން ހީވަނީ. އަޅުގަނޑަށް އިނގޭ މޮޅެތި އެތުލީޓުން ކުރިއަރުވަން އެސޯސިއޭޝަނެއްގެ މުހިންމުކަން، އަދި ހާއްޞަކޮށް ލޯންގް ޑިސްޓަންސް ދުވުމުގައި އެތްލީޓުން ކުރިއަރުވަން އެސޯސިއޭޝަނުން އަދާ ކުރެވިދާނެ ދައުރަކީ ކޮބާކަން. އެކަމަކު ދިގު ދުވުން އިނގޭ ވަރުގެ މީހުނެއް ނެތް އެސޯސިއޭޝަނަކު. އަޅުގަނޑަށް އިނގޭ ސްޕްރިންޓަސް ރާއްޖޭގައި އެބަތިބި، ބޭރުގައި ތަމްރީނު ހަދަމުންވެސް އެބަގެންދޭ. އަޅުގަނޑު ދުވުމުގެ ތެރޭގައި އުޅޭތީ، އަޅުގަނޑަށް ދުވުމުގައި ކުރިމަތިވާ ގޮންޖެހުމާއި ވާނުވާ އިނގޭ. އަޅުގަނޑު ކޯޗަށް ވާދުވަހު އަޅުގަނޑަށް އިނގޭނެ މިކަންކަން ވަރަށް ފުރިހަމައަށް ގެންދަން އެއީ އަމިއްލައަށް ދުވެފައި ހުރީމާ. އަޅުގަނޑުގެ ކޯޗް މިހާރު 95 މެރަތަން ދުވެފައި ހުރީމައި، އަޅުގަނޑު ބޭނުންވީ އޭނަ އަމިއްލައަށް މި ދުވުމުގައި ކުރެވުނު ތަޖްރިބާގެ އަލީގައި އަޅުގަނޑުގެ ދުވުމުގެ ޕްރޮގްރާމުވެސް ބައްޓަންވެގެން ދިއުން. އަޅުގަނޑު ދެކޭ ގޮތުގައި ނަތީޖާ ނެރެން ބޭރުގެ ކޯޗުންނެއް މުހިންމެއްނޫން، ރަނގަޅު ދިވެހި ކޯޗުން އުފެއްދުން މުހިންމީ. އަދި މިއާ އެކު އެތުލީޓުން ޕްރޮފެޝަނަލް ލެވެލައަށް ދިއުމަށް ކޯޗަކާ، މެނޭޖަރަކާ ފިޒިއަތެރަޕިސްޓުވެސް ވަރަށް މުހިންމުވޭ. މިތިންކަންތައް އެކުލެވިގެން އެތުލީޓަކު ކުރިއަރާދާން ފަސޭހަވާނީ. ރާއްޖޭގައި ވާގޮތަކީ އަނިޔާއެއްވީމާ، ވަރަށް ގިނަ ކުދިންނަކަށް ނޭނގޭ ވާގޮތެއް، އެހެންވެގެން އަޅުގަނޑުމެންގެ ދިގު ދުވުންތެރިން ދުވަސް ކޮޅަކުން  މަންޒަރުން އެބަގެއްލޭ. އެކުދިންނަށް އަލުން އަނބުރާ އާދެވޭނެ ގޮތްތަކެއް ނުހުރޭ. 

އަނެއްކޮޅުން ދުވާ މައިދާން ރަނގަޅުކޮށްލުމަކީވެސް ކުރެވިދާނެކަމެއް. ވެލި ޓްރޮކް އޮތް އިރު އަނިޔާ މަދުކަން ފާހަގަ ކުރެވުނު، މިހާރު އެކުވެނި ޓްރެކް ބަދަލިވީ ސިންތެޓިކަށް، އެހެންވީމާ ދިގު ދުވާ ކުދިންނަށް ސިންތެޓިކް އުދަގޫވާނެ. އަޅުގަނޑު ސްޕީޑު ދުވަނީ ވެލި ޓްރެކްގަ. 

މޮޅު އެތުލީޓަކަށް ވުމަށް ސައިކޮލޮގިކަލީ އެހީތެރިވާނެ މީހަކުވެސް ހުންނަށް ޖެހޭ. އެތުލީޓަކަށް ޓައިމިން ނުހެދޭ ފަހަރުތަކުގައި މޯޓިވޭޝަން ދޭނެ ގޮތެއް އޮންނަޖެހޭ. ރާއްޖެ ކުޑަވީމައި ވަރަށް ގިނަ ފަރާތްތަކުގެ ނުފޫޒު އެތުލީޓުގެ މައްޗަށް ހިނގާ. މިވެނި ވައްތަރެއްގެ ބޫޓަކަށް އަރާށޭ، ވަކި ވައްތަރެއްގެ ސަޕްލިމަންޓު ބޭނުންކުރުން ރަނގަޅޭ، ޖިމަށް ދާށޭ. އެތްލީޓުން އަޑުއަހަން ޖެހޭނީ ކޯޗުގެ އިރުޝާދު، އިތުބާރު ކުރަންޖެހޭނީ ކޯޗަށް. 

ރާއްޖޭގައި ތަމްރީނު ހަދާއިރު ވަރަށް ސީރިއަސް ވާންޖެހޭ، ތަމްރީނުއަށް ގޮއްސައި އެހެންމީހުންނާއި އެކުނުވެ ތަމްރީނަށް ފޯކަސްކުރަން ޖެހޭނެ. ތަމްރީނު ހެދުމުގެ މަގްޞަދަކީ ސައުތު އޭޝީއާގެ މެޑަލެއް ހޯދުންކަމުގައި ވަނީ ނަމަ، އެކަންކަން ކުރެވޭނީ ވަރަށް ގިނަ ކަންކަން ބަދަލު ކޮށްގެން. ސީރިއަސްކޮށް ތަމްރީނު ހަދައިގެން. މިކަންކަން ކުދިންނަށް ވަރަށް ކުޑައިރުއްސުރެން އެބަޖެހޭ ވިސްނާދޭން. 

ދެން އަނެއްކޮޅުން ރާއްޖޭގައި ހަމައެކަނި ދުވެގެން ނެތް ކުރިއެރުންލިބޭކަށް، މިހާރު އަޅުގަނޑު ވަޒީފާއަށް ދަނީ 3 ގަޑިއިރަށް، އެހެންވީމާއި މުޅި މުސާރައެއް އެއްކޮށް ނުލިބޭ. މިހާރު އަޅުގަނޑުގެ ޕްރައިރިޓީއަކީ މިއަހަރުގެ ތެރޭގައި ރަނގަޅު ދުވާ ރިކޯޑުތަކެއް ހެދުން. މިހެންވީމާ ރާއްޖޭގެ ދިގު ދުވުމުގައި މިހާރު ވެސް ފެންނަނީ އެއްމޫނުތަކެއް. އަޅުގަނޑުމެން މިހާރު ހުއްޓާލާފިއްޔާ ޒުވާން ޖީލަށް ފެންނާނެ ނަމޫނާއެއް ނޯންނާނެ. ދުވުމުގައި ރޯލް މޮޑަލްއަކަށްވުން އަޅުގަނޑަށް ވަރަށް މުހިންމު. 

ހިތްވަރު އެލޭ ކަހަލަ ކޮމެންޓް އަޅުގަނޑަށް ލިބޭ، މިހާރު އުމުރުން ދުވަސްވެއްޖޭ ދަރިން ލިބިއްޖޭނުންހޫ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގަ މިހާރު މިދުވާ ފެންވަރުގައި، މިއުމުރުގައިވެސް ދުވެވޭނެ. އެއީ އަހަރެމެންގެ ޓައިމިންނަކީ އެހާ ބާރު ޓައިމިންނެއް ނޫން. ސަބަބަކީ އަސްލު ލިބެންޖެހޭ އެހީތެރިކަން ނުލިބޭ. އުއްމީދަކީ ދެން އަންނަޖީލަށް އަޅުގަނޑުމެނަށް ބުނެދީފައި ހުރިހެން ސްޕޯޓްސް ގެ މުހިންމުކަމާއި، ކާމިޔާބީގެ މުހިންމުކަން، ދިވެހި ދިދަ ޖަހާގެން ގައުމު ތަމްސީލުކުރާއިރު އެ ލިބޭ އުފަލަކީ، އަޅުގަނޑުމެން ކަހަލަ ކުޑަ މުޖްތަމައުއެއްގައި 'ދަ ބެސްޓަށް' ވުމަކީ އެންމެނަށް ވާނެކަމެއް ނޫނޭ، ވަކި އަހްލާގެން ގެންގުޅެގެން ވަކި ލަންޑުތަކެއް ހާޞީލު ކުރަން މަސައްކަތް ކުރީމާ ވާކަމެއްކަން އިންގެންޖެހޭ. އެންމެ އުހަށް ދިއުމަށް އެންމެންގެ އެއްބާރުލުން ބޭޭނުންވާނެ، އާއިލާގެ އެއްބާރުލުން، ރަނގަޅު ކޯޗިން ބޭނުންވޭ، ސަރުކާރި އެސޯސިއޭޝަންގެ އެހީތެރިކަން ބޭނުންވާ. 

އަޅުގަނޑަށް ޖަރުމަނުގައި ތަމްރީނުކުރަން ވަރަށް ފަސޭހަ، ރަނގަޅު ނިއުޓްރީޝަން ލިބޭ އަދި ޓްރޭނިންގް އަށް ފޯކަސްކޮށްގެން ބޭނުންވާ ލަންޑުދަނޑި އަށް މަސައްކަތްކުރެވިއްޖެ. ވޭތުވެ ދިޔަ 3 އަހަރު ރިކޯޑުތައް ހަދަން ފުރުޞަތު ލިބުނީ މީހުނާއި ވަކީން ސިރިއަސްކޮށް ތަމްރީނު ކުރެވުނީމާ. ރާއްޖޭގެ މާހައުލުގައި ބައެއް ކަންކަން ރަނގަޅުކޮށްލަން ޖެހޭ. އެންމެ އެދެވޭގޮތަކީ ޖޫނިއަރ ޕޫލެއް އޮވެފައި ވަކި ޓައިމިނެއް އޮތުމުން ގައުމު ތަމްސީލު ކުރަން ފުރުޞަތު އޮތުން. ވަރަށް ފަސޭހަކޮށް ރާއްޖޭ ތަމްސީލު ކުރަން ލިބުނީމައި ރިކޯޑް ހަދަން އެންމެ ރަނގަޅަށް ކުދިން މަސައްކަތް ނުކުރޭ. 

އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގެ ޓައިމިންތައް ސައުތު އޭޝިއާގެ ޓައިމިންތަކާއި ގާތްކޮށް ލެވޭނެ ދުވަހެއް އައުން. އަޅުގަނޑު ދުވަނީ ހަމަ ދުވާ ހިތުން، ވަރަށް އުފޭވާ ވަރަށް މޮޅު ކޯޗެއް، ނަސްރުގެ ކޯޗިން ދަށުން ތަމްރީނު ކުރެވޭތީ. އެންމެ އުފާވަނީ ދިވެހި ކޯޗެއްގެ އިރުޝާދު ލިބޭތީވެ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި މޮޅެތި ކޯޗުންނާއި އެތުލީޓުން އުފެދުން.