ދުނިޔެއާ ރާއްޖެވެސް މިއަންނަނީ ދުވަހެއް ދުވަހަކަށް ޖައްވު ހޫނުވަމުންނެވެ. އަޅުގަނޑުމެންގެ މާހައުލަކީ މުޅި އަހަރު ތެރޭވެސް ހޫނުކޮށް އޮންނަ މާހައުލެކެވެ. އަޅުގަޑުމެންގެ ދެ މޫސުންކަމުގައިވާ އިރުވާ އަދި ހުޅަނގު މޫސުމަކީވެސް އަވި ދޭ ދުވަސްތަށް ގިނަ ދެ މޫސުމެވެ.

އެހެންވީމާއި އަޅުގަނޑުމެން އާންމުކޮށް ދުވެއުޅެން ޖެހިފައިވަނީ އަވީގައެވެ. އަވީގައި ދުވާއިރު އިރުގެ ހޫނުން، ހަންގަޑަށް ލިބޭ ގެއްލުމަށް ވިސްނަންޖެހެއެވެ. ދުވުންތެރިން އަރާ ބޫޓާއި ދުވަން އަޅާ ހެދުން ހޯދަނީ ވަރަށް ފަރުވާތެރިކަމާއެކު އެވެ. އެކަމު އަޅުގަނޑުމެންގެ ހަންގަޑަށް، އަވީގެ ހޫނުން ލިބޭނެ ގެއްލުމާމެދު ފިކުރެއް ނުބެހެއްޓެއެވެ.

ދަތުރުގޮސް މޫދަށް އެރޭއިރު އަޅުގަނޑުމެން ސަންސްކްރީން ބޭނުންކުރަމެވެ. އެކަމަކު ދުވުމަށް އައްވަށް ނިކުންނަން ޖެހޭއިރު ސަންސްކްރީން މަތިން ހަދާނެއް ނުހުރެއެވެ. ދުވަން ނުކުތުމުގެ ކުރިން އަވިން ރާއްކާތެރިކުރާނެ ލޯޝަނެއް ބޭނުން ކުރަން އާދަކުރަން ޖެހެއެވެ.

ރާއްޖޭގެ މޫސުން އޮންނަގޮތުން ވަކި ދުވަސްވަރަކަށް ނުބަލާ ސަންސްކްރީން ބޭނުން ކުރުން އެދެވިގެންވެއެެވެ. ހާއްޞަކޮށް އިރުވާގެ ހޫނު ދުވަސްތަކުގައި ސަންސްކްރީން ބޭނުން ކުރުން ރަނގަޅުވާނެއެވެ. އެއީ އިރުގެ ހޫނުން ހަންގަޑު އެނދުމުން ސަލާމަތް ކުރުމަށެވެ. އަދި އަވީގައި ދުވާތާ، ގިނިއިރުވާނަމަ އަލުން ސަންސްކްރީން ލޯޝަން ބޭނުންކުރަންވާނެއެވެ.

އާންމު އިރުޝާދަކީ ސަންސްކްރީން ކޮންމެ ދެ ގަޑިއަކުން އުގުޅުމެވެ. ބައެއް ގައުމުތަކުގައި ދުވުންތެރިން ކޮންމެ ގަޑިއަކު އެއްފަހަރު ސަންސްކްރީން އުގުޅާކަމަށް ވެއެވެ. އެހެންވީމާ ދެން ލޯންގު ރަން އޮންނަ ދުވަހު ސަންސްކުރީން ގެންދަން ހަދާން ކުރަންވާނެއެވެ. އަދި ގޭއިން ނިކުތުން ރަނގަޅީ ސަންސްކްރީން އަނގުޅާގެންނެވެ.

ބައެއް ސްންސްކްރީން ބޭނުންކުރުމުން ހަންގަޑު ތެޔޮވުމާއި އަދި ލޯ ކަރާތީ، ދުވުންތެރިން ސަންސްކްރީން ބޭނުންކުރަން ބޭނުމެއް ނުވެއެވެ. މިފަދަ ގޮތްގޮތް ކުރިމަތިވާނަމަ ތެޔޮ ފްރީ، ފެނާއި އެކުނުވާ އަދި ވަސް ނުހުންނަ ސަންސްކްރީން ހޯދިދާނެއެވެ. އޭރުން ލޯ ކެރުމުންނާއި ހަންގަޑު ތެޔޮ ވުމުންވާ ތަކުލީފުން ބަރީއަވާނެއެވެ. 

މިހާރު ސްޕްރޭ އަދި ޕައުޑަރު ސަންސްރީންވެސް މާކެޓުގައި އެބަ ހުރެއެވެ. މިފަދަ ސަންސްކްރީން، ގައިން ހިއްލާ ދާ އެއާ އެކުވިޔަސް އުނދަގުލެއް ނުފޯރާނެއެވެ.

ބައެއް ސަންސްކްރީންގައި ބެންޒޭނެ ކިޔާ ކެމިކަލެއް ބޭނުންކޮށްފައި ހުރެއެވެ. މިއީ ކެއްސަރު ޖެއްސުމަށް އެހީތެރިވާ ކެމިކަލެއްކަމުގައި ލެބްޓެސްޓްތަކުން ދައްކައެވެ. އެހެންކަމުން ސްންސްކްރީން ލޯޝަން ހޯދާއިރުު މިމާއްދާ ހުރިތޯ ބެލުން ރަނގަޅުވާނެއެވެ. 

 

 

މައުލީމާތު ހޯދާފައިވަނީ JEFF DENGATE AND GABRIELLE HONDORP ރަނާސް ވޯލްޑްގައި 2022ގައި ޝާއިއުކޮށްފައިވާ މަޒުމޫނަކުން.