ސާބަސް! މެރެތަނެއް ނިންމާލުމަކީ ކޮންމެ ކޮންމެ މީހަކަށް ކޮށްލެވޭނެ ކަމެއް ނޫނެވެ. އެއީ އާބާދީގެ 1 % މީހުންނަށް ކުރެވޭކަމެކެވެ. އިނާމެއްގެ ގޮތުން މެޑަލްއަކާއި، ޓީޝާޓެއް ލިބުމުގެ އިތުރުން… މޭނުބައިކުރުމާއި، ބަނޑު ސަކަރާތްކުރުމަކީވެސް ވަރަށް ގިނަ ދުވުންތެރިންނަށް ދިމާވާ ކަމެކެވެ.
2023 ވަނަ އަހަރު ފްރޮންޓިއަރސް އޮފް ފިޒިއޮލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ބޮސްޓަން މެރެތަން ދުވި 18 އަހަރާއި 65 އަހަރާ ދެމެދުގެ 40 ދުވުންތެރިންގެ ތެރެއިން، ގިނަ މީހުންނަށް ޖީއައި ޑިސްޓްރެސް ކުރިމަތިވިއެވެ. މެރެތަންއަކަށްފަހު މޭނުބައިކުރާ އެކިއެކި ސަބަބުތަށް ހުރެއެވެ. އެކަމަކު މިއީ ބަލިވެގެން އާއްމު ގޮތެއްގައި ދިމާވާ މޭނުބައިކުރުމެއް ނޫނެވެ.
މެރެތަންއަކަށްފަހު މޭނުބައިކުރަނީ ކީއްވެ؟
މެރެތަނެއް ދުވާއިރު އެންމެ ގިނައިން މީހާ ޑީހައިޑްރޭޓްވެގެން ދަނީ ދާހިއްލައިގެންނެވެ. ދާހިއްލާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ފެނާއި' އިލެކްޓްރޯލައިޓްސް މަދުވެގެންދެއެވެ. ފެންމަދުވުމުގެ ސަބަބުން ބަނޑާއި ހަޖަމުކުރާ ނިޒާމަށް ލޭ ދައުރުވުން މަދުވެ، މޭނުބައިކުރުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް މެރެތަން ދުވުންތެރިންނާ އެކު މަސައްކަތްކުރާ މިނެސޯޓާގެ ރަޖިސްޓާރޑް ޑައިޓީޝަން، ކްރިސްޓީ ބައުމަން ވިދާޅުވިއެވެ.
ބައުމަން ވިދާޅުވާ ގޮތުގައި ގިނަ މެރެތަން ދުވުންތެރިން، އެމީހުންގެ ހަޖަމްކުރާ ނިޒާމް ތަމްރީނު ކުރަންޖެހޭ ގޮތަށް ހާނާ ނުލެވެނީއެވެ. ނުކުރެވެނީއެވެ. އާއެކެވެ. ހަޖަމްކުރާ ނިޒާމަކީވެސް މެރެތަންފަދަ ދިގު ދުވުންތަކައް ހާނަން ޖެހޭ ނިޒާމެކެވެ. އާންމު ގޮތެއްގައި މެރެތަން ދުވުންތެރިން ބަނޑު ހާނާފައި ހުންނާނީ މެރަތަނެއްގެ މުޅި ދިގުމިނަކަށް ނޫނެވެ. މިކަމުގެ ސަބަބުން މާބޮޑަށް ޑީހައިޑްރޭޓްވެ، ހަށިގަނޑުން ލޮނު މަދުވެ، މޭނުބައިކުރުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ރަޖިސްޓާރޑް ޑައިޓީޝަން އަދި ރަނިން ޑައިޓީޝަންގެ ނިއުޓްރިޝަން ކޯޗު އެމީ ގޮބްލަރޝް، ވިދާޅުވި އެވެ.
މެރެތަން އަކަށް ފަހު މޭނުބައިކޮށްފާނެ އަނެއް ސަބަބަކީ ލޭ ދައުރުވުމެވެ. ހަށިގަނޑު ކޫލްޑައުންވާން މަސައްކަތް ކުރާއިރު، ހަމުގެ ފަށަލައަށް ލޭ ގެނެސް، ޖީއައި ޓްރެކްޓާ ދުރަށް ގެންދާ ކަމަށް ބައުމަން ވިދާޅުވެ އެވެ. ޖީއައި ޓްރެކްޓާ ދިމާއަށް ލޭ ދައުރުވުން މަދުވުމުން ކާނާއާއި ފެން ހަޖަމްވާލެއް ލަސްވާނެއެވެ.
ރެފެރެންސް:
https://www.msn.com/en-us/health/other/read-this-if-you-feel-nauseous-after-running-a-marathon-and-want-relief/ar-AA1sJmVA?ocid=msedgdhp&pc=u531&cvid=8b1c0cf744904aefa1d63cccab0ebf87&ei=25