ހެނދުނުގެ ނޫނީ ރޭގަނޑު ދުވިކަމުގައި ވިޔަސް، ދުވުމުގެ ތަމްރީނު ބައްޓަންކުރާނީ ތިމާއަށް ތަމްރީނުކުރަން ފަސޭހަ ގަޑިތަކަށެވެ. އެއީ ދިރިއުޅުމުގައި ނަގަންޖޭހެ ޒިންމާތަކާއި ވަޒީފާއަށް ބުރުނާރާގޮތަށް ބަލާގެންނެވެ. ދުވަން ރަނގަޅު ގަޑިއާމެދު. ސުވާލު އުފައްދަން މިގެޖެހެނީ ހެނދުނު ނޫނީ ހަވީރު ތަމްރީމުނު ހެދިކަމުގައިވިޔަސް، ދެދަންފަޅުގައިވެސް ފައިދާއާއި ނުރަނގަޅު ކަންކަން ހުރީތިވެ، އެކަމުގެ ސަބަބުން ތަމްރީނުގެ ލަންޑުދަނޑިތަށް، ހާސިލު ކުރުމަށް ބައެއް ކަންކަން އެއްގޮތް ކޮށްލަން ބޭނުންވާނެތީއެވެ.
ހެނދުނު ތަމްރީނު ކުރުމުގައި ހުރި ފައިދާތައް
1. ރޭސް އޮންނަ ދުވަހު ކަންކަން ކުރާނެގޮތަށް ތަމްރީނުކޮށްލެވޭނެ
ގިނަ ރޭސްތައް ބާއްވަނީ ފަތިހު ކަމަށްވާތީ މިވަގުތުގައި ތަމްރީނު ކުރުމަކީ ރޭސް ދުވަހަށް ތިމާ ތައްޔާރު ވެލަން ފަސޭހަކަމަށް ވާނެއެވެ. ކަސްރަތު ފިޒިއޮލޮޖިސްޓެއް ކަމަށްވާ ގްރެގް މެކްމިލާން ބުނި ގޮތުގައި ހެނދުނުގެ ދުވުމުގެ ސަބަބުން ދުވުންތެރިން ރޭހުގެ ކުރިން ކުރަންޖެހޭ ކަންކަމަށް ފަރިތަވެލަންް އެހީތެރިވެދެ އެވެ. ދުވާ ކޯޗެއް ކަމަށްވާ ޖެނެޓް ހެމިލްޓަން ބުނީ ހެނދުނު ދުވުމުން ކުރިން ކެއުމާއި ފިނި ފިނިހޫނުމިނާއި ނިދުމުގެ ގަޑިތައް ހަމައަކަށް އެޅި، ރޭސް ދުވަހު ކުރިމަތިވާ ނާދިރުކަންކަން މަދު ކުރެވޭނެކަމަށެވެ.
2. ނުތަނަވަސްވުމުން ލުއިހޯދުން
ހަވީރު ދުވުމަކީ ދުވާލުގެ ސްޓްރެސްތަކުން ލުޔެއް ލިބުމަށް އެހީތެރިވެދޭ ކަމެކެވެ. ދުވުމުގެ ސަބަބުން ނަފްސާނީ ކޮންޓްރޯލް ރަނގަޅުކޮށް، ނުތަނަވަސްކަން ކުޑަކޮށްދޭ ކޮގްނިޓިވް ފަންކްޝަންތަކަށް ހިތްވަރު ލިބޭތީ، ކަސްރަތުގެ ފްރިކުއެންސީ އާއި ނަފްސާނީ ސްޓްރެސް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
3. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވުން
ހަވީރު ކަސްރަތު ކުރުމަކީ މެޓަބޮލިކް ސިއްހަތު އިތުރުކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު ކަސްރަތު ކުރާ މީހުންނާ އަޅާބަލާއިރު ހަވީރު ކަސްރަތު ކުރާ މީހުންގެ، ގްލޫކޯޒް ލެވެލް ދަށްވެފައި އިންސިއުލިން ރެސިސްޓެންސް ދަށްވެ ލޭގައި ހަކުރު މެނޭޖް ކުރުމަށް މާފައިދާ ކުރެ އެވެ.
ހަވީރު ދުވުމުގައި އުނިވާ ކަންކަން
1. ހަކަތަ މަދުވުން
ބުރަދުވަހެއް ނިމުމަކަށް އަންނައިރު މީހާ ހުންނާނީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުބަލިވެފައެވެ. އެހެންކަމުން ދިގު ދުވުމެއް ދުވެލުން އުނދަގޫކަމަކަށް ވެދާނެއެވެ. މަސައްކަތުގައި ލިބޭ އުދާސްކަމާއެކު ހަމަ ވިސްނުމުން ކަންކަން ނިންމަން އުނދަގޫވެފައި ހުރުމަކީ ބުންވަރާއި ކުރާހިތުން ކުރުމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
2. ރަނގަޅު ހަކަތަ އެޅުމުގެ ބޭނުންތެރިކަން
ހަވީރު ދިގު ދުވުން ދުވާއިރު ވަރަށް ވިސްނުންތެރި ކަމާއި އެކު ހަށިގަނޑަށް ބޭނުންވާ ފައިދާ ހުރި މާއްދާތައް އަޅަންޖެހެއެވެ. ދުވުމުގެ ކުރީ ނަގަންޖެހޭ ނާސްތާއެއް ނުނެގި ދިޔުން ނުވަތަ ފެން ހަށިގަނޑަށް ހަމަ ނުވުމަކީ ބަނޑުހައިހޫނުކަން ނުވަތަ ހަކަތަ ވެއްޓުމަށް މަގުފަހިވާ ކަމެކެވެ. މިއީ އަވަދި ނެތި މަސައްކަތުގައި އުޅޭ ދުވުންތެރިނަށް އިތުރަށް ވިސްނާ ރާވަންޖެހޭ ކަމެވެ.
3. ދުވުމެއް ދޫކޮށްލަން ޖެހުން
ހަވީރުދުވާ ދުވުންތެރިން ވަރުބަލިވުމުގެ ސަބަބުން ނުވަތަ ގަޑި ލަސްވުމުގެ ސަބަބުން ކަސްރަތު ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ދުވުމުގައި ތަމްރީނު ފުރިހަމަ ކުރުމާއި ހުރިހާ ދުވަހަކުވެސް ތަމްރީނު ހެދުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ ހަފްތާގެ މައިލޭޖު ފުރިހަމަވަނީ ތަމްރީނު ފުރިހަމަ ކުރެވިގެންނެވެ. ހަވީރު ނޫނީ ރޭގަނޑު ތަމްރީނު ހަދާނަމަ ތަމްރީނެއް ވެއްޓިގެން ދުއުމަކީ ފުރުޞަތު ބޮޑުކަމެކެވެ.
ކާމިޔާބީގެ ތަޅުދަނޑި: ކޮންސިސްޓެންސީ އެންޑް ސޭފްޓީ
ދުވުމުގައި ކޮންސިސްޓެންސީ އަކީ ރަނގަޅު ނަތީޖާ ނެރެންް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މެކްމިލާން ލަފާ ދެއްވަނީ ސެޝަންތަކުގެ މެދުގައި އެކަށީގެންވާ ރިކަވަރީއެއް ލިބޭ ގޮތަށް ގަވާއިދުން ދުވުމުގެ ޝެޑިއުލެއް ދަމަހައްޓައި، އަނިޔާވުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އޭނާ ދުވުންތެރިންނަށް ނަސޭހަތްތެރިވަނީ އިންތިޒާމްކުރެވިފައިވާ "ސްޓްރެސް-ރެސްޓް ސައިކަލެއް" ބިނާކުރުމަށް ޓަކައި ހެނދުނު ނުވަތަ ހަވީރު ދުވާލުގެ ވަކި ވަގުތެއް ކަނޑައެޅުމަށެވެ.
ސަލާމަތާއި ރައްކާތެރިކަމަކީ އަނެއް މުހިންމު ކަންތަކެވެ. މިކަމުގެ ސަބަބުން ކޮންސިސްޓެންސީ އަށް ހިތްވަރު ލިބި، ބޭރުގައި ދުވުމާ މެދު ކަންބޮޑުވުން ކުޑަވެގެންދާތީ، ހިތްހަމަޖެހުމާއި އަމާންކަން އިހުސާސް ކުރެވޭ މަގުތަކާއި ވަގުތުތައް އިޚްތިޔާރު ކުރުމަށެވެ.
ނިންމުން
ހެނދުނާއި ހަވީރުގެ ދުވުމުގައިވެސް ތަފާތު ފައިދާތަކާއި ގެއްލުންތައް ހުރެ އެވެ. ހެނދުނުގެ ދުވުމުގެ ސަބަބުން ރޭސް ދުވަހުގެ ގެ ހާލަތު ނަމޫނާކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، ފަޔަށް އަރާމުކުރަން ވަޤުތު ލިބޭ ކަމަށާއި ނަމަވެސް ނިދުމަށް ހުރަސް އެޅި، ވޯމް އަޕް ކުރަން ޖެހިދާނެއެވެ. ހަވީރު ދުވުމުން ޕާފޯމަންސް ރަނގަޅުވެ، ސްޓްރެސްއަށް ލުއިވުމާއި އަދި މެޓަބޮލިކް ފައިދާ ލިބޭ އިރު، ވަރުބަލިވުން ނުވަތަ ނުތަނަވަސް ރޫޓިންތަކުގެ ސަބަބުން އަސަރު ކޮށްފާނެ އެވެ.
ދުވަން އެންމެ ރަނގަޅު ވަގުތަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ލަނޑުދަނޑިތަކާ އެއްގޮތްވާ ވަގުތެވެ. ރައްކާތެރިކަމަށް ސަމާލުކަން ދީގެން ހަމަޖެހިފައިވާ ޝެޑިއުލެއްގެ ތެރޭން ދުވުންތެރިންނަށް ދުވާލުގެ ވަކި ވަގުތަކަށް ބެލުމެއް ނެތި، ކަސްރަތުކރުން ފުރިހަމަ ގޮތުގައި އެކުލަވާލެވިދާނެއެވެ.
Reference:
Morning vs. Evening Runs: Is One Better Than the Other? (msn.com)