ހާފް ނުވަތަ ފުލް މެރެތަން އަކަށް ތައްޔާރުވާއިރު، ތަމްރީނުގައި ސްޓްރެންތް ޓްރެއިނިން ހިމެނުމަކީ ހުޅުތައް ރައްކާތެރިކުރުމަށާއި، ބުންވަރު އިތުރުކުރުމަށް ބޭނުންނަމަ ކުރުން ބުއްދިވެރިކަމެކެވެ. އެކަމަކު 5ކޭ އަކީ ހާފް އަދި ފުލް މެރެތަނެވެސް ނޫނެވެ. ހަމައެކަނި 5ކޭއެއް ދުވެލަން، ހަގީގަތުގައި ވެސް ކޮންމެހެން ސްޓްރެންތު ތަމްރީނު ކުރަންޖެހޭބާވައެވެ.
ސްޓްރެންޓު ތަމްރީނަށް ތާއީދު ކުރަމުން، ޕާސަނަލް ޓްރެއިނަރު، ދުވާ ކޯޗު، އަދި ރަން ސްޓްރޯންގް އެކަޑަމީގެ ފައުންޑަރ މެޓް ޖޯންސް ބުނިގޮތުގައި، "5 ކިލޯމީޓަރުގެ ދުވުމަކަށް ތަމްރީނު ކުރިޔަސް ނުވަތަ އެންޑިއުރަންސް އިވެންޓަކަށް ތަމްރީނު ކުރިޔަސް ސްޓްރެންތްގެ އަސާސީ ބޭނުންތައް ވަރަށް އެއްގޮތެވެ. ރޭހެއްގެ ތެރޭގައި ބާރު އިތުރުކުރުމަށާއި އަދި އަނިޔާ ލިބުމުގެ ފުރުސަތު ކުޑަކުރުމަށް، ހަރުދަނާ ބިންގަލެއް ބިނާކުރެވޭނީ ސްޓްރެންތް ޓްރެއިނިން ހަދައިގެންނެވެ". މީގެ އިތުރުން 5ކޭއަކީ ކުރު އަދި ހަލުވި ބާރު މިނެއްގައި ދުވެލެވޭ ދުވުމަކަށް ވާތީ، ސްޓްރެންތު ތަމްރީނު ކޮށްގެން ބާރާއި ބުންވަރު ވަރަށް ބޮޑުތަން އިތުރުކުރުމުގެ ޖާގަ އޮތްކަންވެސް އޭނާ ފާހަގަކުރިއެވެ.
ދުވާ ކޯޗު އަދި މޫވްމަންޓް އެންޑް މައިލްސް އެޕްގެ ފައުންޑަރެއް ކަމަށްވާ މެގް ޓަކަކްސް ވެސް މިކަމާ އެއްބަސްވެ އެވެ. އޭނާ ބުނިގޮތުގައި، "5 ކިލޯމީޓަރުގެ ތަމްރީނަކީ، ހާފް މެރެތަން ނުވަތަ ފުލް މެރެތަނެއްގެ، ތަމްރީނާއި އަޅާބަލާއިރު އިންޓެންސިޓީ އާއި ދިގުމިނުގެ ގޮތުން ކަނޑައެޅިގެން ތަފާތު ދެކަމެކެވެ. އެކަމަކު އޭގެ މާނައަކީ ސްޓްރެންތް ތަމްރީނު، މުހިންމު ނޫނީކީއެއް ނޫނެވެ. ސްޓްރެންތް ޓްރެއިނިންގައި އެންމެ މުހިންމީ ތިމާއާއި އަމިއްލަ ހަށިގަނޑަށް ފައިދާކުރާގޮތަށް ތަމްރީނުކޮށްގެންކޮށްގެން އަނިޔާއިން ސަލާމަތްވެ ހުރެ އަވަހަށް ރޭސް ނިންމާލުމެވެ."
ރެފެރެންސް: https://www.runnersworld.com/training/a62628800/strength-training-for-5k-race/