ޑަބަލްސް ނުވަތަ ދުވާލަކު ދެފަހަރު ދުވުމަކީ ހަމައެކަނި ދުވާ އެތްލީޓުން  ނުވަތަ ހަފްތާއަކު 100 ކިލޯމީޓަރަށްވުރެ ގިނައިން ދުވާ މީހުން އެކަނި ކުރާ ކަމެއްކަމަށް ހީވެފަ އޮވެދާނެއެވެ. އެކަމަކު ކިތައްމެ މަދުން ދުވިޔަސް (ހަފްތާއަކު 50 ކިލޯމީޓަރުން ދަށުންވިޔަސް) ޑަބަލްސް އަމިއްލަ ދުވަހަށް ނުވަތަ ތަމްރީނުގެ ތެރެއަށް އިތުރުކުރުމުން ލިބޭ ފައިދާތަކެއް އެބަ ހުއްޓެވެ. 

 

ދުވާލަކު ދެފަހަރު ދުވުމުން ހަށިގަނޑުގައި ހުންނަ ސެލްތަކުގައިވާ މައިޓޮކޮންޑްރިއާ އިތުރުވެ، އޭގެން ހަށިގަނޑަށާއި މަސްތަކަށް ހަކަތަ އިތުރުކޮށްދެއެވެ. އަދި މިގޮތަށް ދުވުމުން ހަށިގަނޑުގެ މެޓަބޮލިކް ރޭޓަށްވެސް އިތުރު ރަނގަޅު ބަދަލުތަކެއް އާދެއެވެ.  ނުވިތާކަށް އުނދަގޫ އިންޓާރވަލް ސެޝަނަކަށްފަހު ޑަބަލް ކޮށް ދުވެލުމުން ހަށިގަނޑުގައި ލޭދައުރުވުން އިތުރުވެ، ރިކަވަރީ އަވަސްވެގެންދެއެވެ. 

 

ކުޑަކުދިންނާ، މަސައްކަތާއި އަދި އާއިލީ ޒިންމާތަށް އަދާކުރާއިރު އަމިއްލަ ނަފްސަށް ފޯކަސް ކުރަން ވަގުތު ހޯދުމަކީ އުނދަގޫކަމެކެވެ. ދުވާލަކު އެއްފަހަރު ކަސްރަތު ކޮށްލާ ދުވެލާހެދިޔަސް އެއަށް އިތުރު ވަގުތު ހޯދަން ދަތިވެދާނެއެވެ. އެކަމަކު ދުވާލަކު ދެފަހަރު ދުވެލަން ނުވަތަ ޖޮގް ކޮށްލަން މާބޮޑު ވަގުތުތަކެއް ނަގާކަށް ނުޖެހެއެވެ. އެއީ ދަރިން ޓިއުޝަނަށް ލާފައި ބަލާދާންޖެހެންދެން އޮންނަ ވަގުތުކޮޅަށްވެސް ހެދި ދާނެއެވެ. ނުވަތަ ޓިކްޓޮކް ހާވާލަން ހޭދަކުރާ ވަގުތުކޮޅަށްވެސް ވެދާނެއެވެ.

 

ޑަބަލްސް ނުވަތަ ދުވާލަކު ދެފަހަރު ދުވަން ބޭނުންވާނަމަ ތިރީގައިވާ ނުކުތާތަށް ކިޔާލާށެވެ. 

  1. ފުރަތަމަ ފަށާއިރު ހަފްތާއަކު އެއްދުވަހު ނުވަތަ ދެދުވަހު ޑަބަލްކޮށް ދުވަން އަމާޒު ކުރާށެވެ. ކުރަން ފަރިތަވާ ވަރަކުން ދުވަސް އަދި ދިގުމިން އިތުރުކުރާށެވެ. 
  2. ދުވާ ޓްރެއިނިންގް ދެ ބަޔަކަށް ބަހާލާށެވެ. ދުވާލަކު 10 ކިލޯމީޓަރު އެއްފަހަރާ، ހޫނު އަވީގަޑުގައި ދުވުމަށްވުރެ، 5 ކިލޯމީޓަރު ދެފަހަރު ދުވެލަން ފަސޭހަވާނެއެވެ. 
  3. ދުވަން ފަސޭހަ މިނެއްގައި ބަހައްޓައި ދުވާ ދުރުމިން ކުރުކޮށް ބަހަށްޓާށެވެ. ޑަބަލްސް އަކީ ރޭސްއެއް ނޫނެވެ. 
  4. އާއްމުކޮށް ދުވާ ނޫޅޭ ގަޑިއެއްގައި ދުވަން، ފަށާއިރު ވަރުބަލިކަން އިހުސާސްވެދާނެއެވެ. ފަރިތަވާ ވަރަކުން އެ ވަރުބަލިކަން ކުޑަވަމުން ދާނެއެވެ. 
  5. ދާވަށިގަނޑުގައި ހެދުންތައް ގިނަވާން ފަށާނެއެވެ.
  6. ދެތިން ޖޯޑު ބޫޓު ގެންގުޅެންވާނެއެވެ. ދެވަނަ ދުވުމަށް ދާންވާއިރަށް ފުރަތަމަ ދުވި ބޫޓް ނުހިކިދާނެއެވެ. އެހެން ނޫނަސް ބޫޓުވެސް ރެސްޓް ބޭނުންވާނެއެވެ.  

 

ރެފެރެންސް: https://www.runnersworld.com/runners-stories/a61921001/why-you-should-run-twice-a-day/